16 ޖަނަވަރީ 2025
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް އިތުރު ދައުރަކަށް އިންތިޚާބުވެއްޖެ. ފޮޓޯ: ކްރިކެޓް

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް އިތުރު ދައުރަކަށް އިންތިޚާބުވެ؛ ނައިބު ރައީސަކަށް އިޝްޙާޤް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް، މުޙައްމަދު ފައިސަލް، އިތުރު ދައުރަކަށް މިއަދު ވަނީ އިންތިޚާބުވެވަޑައިގެންފިއެވެ.

ފައިސަލް ރައީސް ކަމަށް އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ.

މިއަދު ޝީ ބިލްޑިންގައި މިއަދު ހަވީރު ބޭއްވި ކްރިކެޓް ބޯޑުގެ އިންތިޚާބުގައި ފައިސަލް، އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ، މިލާން އެކަޑަމީގެ ފައުންޑަރ ފަރުހަތު ޖަލީލްއާ ވާދަކުރައްވައިގެންނެވެ.

އެ އިންތިޚާބުގައި 17 ފަރާތަކުން ވޯޓު ލާފައިވެއެވެ. އެއީ، 16 ކްލަބެއްގެ އިތުރުން، ސްކޫލް ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލެވެ. އެ ގޮތުން، ފައިސަލަށް ވަނީ 10 ވޯޓު ލިބިފައެވެ. އަދި ފަރުހަތު ޖަލީލަށް ލިބިފައިވަނީ، ހަތް ވޯޓެވެ.

ފައިސަލް ވަނީ މީގެ ކުރިން ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުވެސް ފުރުއްވާފައެވެ. ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސަކަށް ހުންނެވީ 2012 އިން 2016 އަށެވެ.

މިއަދުގެ އިންތިޚާބުގައި ކްރިކެޓްގެ ނައިބު ރައީސަކަށް ހޮވުނީ، އަޙްމަދު އިޝްޙާޤް އެވެ. އޭނާ އަށް 10 ވޯޓު ލިބުނެވެ. ދެން، އެ މަގާމަށް ވާދަކުރި، އަޙްމަދު އާމިރަށް ލިބުނީ ހަތް ވޯޓެވެ.

އަދި ފުލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، 17 ވޯޓު ލިބުނު، އިސްމާޢީލް ނަޝްވާން ނާސިރުގެ އިތުރުން، 10 ވޯޓު ހޯދި، އަބްދުﷲ ސައުދާން އިބްރާހީމް، އަޙްމަދު އައްސަދު ވަހީދު އަދި މިދިޔަ ދައުުރުގެ ނައިބު ރައީސް، އަޙްމަދު ޙުސައިން (ކުޑަދޮނާ) އެވެ. އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި ހޮވުނީ، ނުވަ ވޯޓު ހޯދި ޢަލީ ޠާލިބާއި އިބްރާހީމް މޫސާ އެވެ.

ހަމައެހެންމެ، ފަރުދީ މެމްބަރެއްގެ ގޮތުގައި ކުރިމަތިލި، އަހުމަދު ކަލީމް، ހޮވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އޭނާ އަށް ނުވަ ވޯޓު ލިބުނުއިރު، ފަސް ވޯޓު ދެކޮޅަށް އަދި ތިން ވޯޓު ވަނީ ބާތިލްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު