16 ޖަނަވަރީ 2025
ގަސް އިންދުމުގެ ޕްރޮގުރާމްގެ ތެރެއިން

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން އިތުރު 500 ގަސް އިންދައިފި

ސަރުކާރުން ހިންގާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން އިތުރު 500 ގަސް އިންދައިފިއެވެ.

5 އަހަރުތެރޭ ރާއްޖޭގައި 5 މިލިއަން ގަސް އިންދަން ކުރިއަށް ގެންދާ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން 5 އަހަރުތެރޭ ބައިމިލިއަން ގަސް އިންދަން ސްޓެލްކޯއިން ކުރިއަށްގެންދާ ޙަރަކާތުގެ ތެރެއިން އިތުރު 500 ރުއް ވަނީ އިންދައިފައެވެ.

ސްޓެލްކޯއިން މި 500 ރުއް އިންދާފައިވަނީ އދ. ފެންފުށީގައެވެ. ފެންފުށީގައި ކުރިއަށް ގެންދިއަ ގަސް އިންދުމުގެ ހަރަކާތަށް ރަށުގެ ކައުންސިލުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

ސްޓެލްކޯއިން ގަސް އިންދުމުގެ ޕްރޮގުރާމް ފަށައިފައިވަނީ ކ. ތުލުސްދޫއިންނެވެ.

ސްޓެލްކޯއިން މި ޕްރޮގުރާމްގެ ދަށުން 5 ލައްކަ ގަސް އިންދުމަށް ނިންމައިފައިވާއިރު، އެ ކުންފުނިން ހިދުމަތް ދެއްވާ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވަނީ މައުލުމާތު ދެއްވައިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު