16 ޖަނަވަރީ 2025
އިމާމުންނާއި ހަތީބުންގެ ފުރަތަމަ ބެޗު މައްކާގައި ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން: ވަޒީރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރީން 100 އިމާމުންނަށް ރާއްޖޭން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާކަމަށާއި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އިމާމުންނަށް އެ ފުރުސަތު ހޯދައިދިނުންކަމަށެވެ.

އިމާމުންނަށް އިތުރު ތަމްރީން ހޯދައިދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އިތުރު ތަމްރީން ހޯއްދަވައިފައިވެއެވެ. އިތުރު 20 އިމާމުންނަށް ވަނީ ބުރޫނާއީ ދާރުއްސަލާމުން އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ރަނގަޅު ތަމްރީނުދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެ ގޮތުން މިހައި ތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހައި އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވައިލެއްވޭނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު