500 އަށް ވުރެ ގިނަ އިމާމުންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިމާމުން މަހާސިންތާ ވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި ރައީސްގެ އިރުޝާދުގެ ދަށުން އިމާމުންނަށް މަތީ ތަޢުލީމާއި ޙައްޤުމަޤާމާއި ޝަރަފް ހޯދައިދެވޭނެ ކަމަށެވެ.
މިއީ ތާރީޚީ މަހާސިންތާއެއް ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، މި މަހާސިންތާގައި ގިނަ ކަންކަމާމެދު މަޝްވަރާކުރެވިގެންދާނެ ކަމަށާއި، އަދި މި މަހާސިންތާގައި 500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވާ ކަމަށެވެ.