16 ޖަނަވަރީ 2025
އެއް ދުވަހުގެތެރޭގައި 30އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި، ފޮޓޯ: އިމިގްރޭޝަން

30އަށްވުރެ ގިނަ ބިދޭސީން ބުރާސްފަތީގައި ޑީޕޯޓްކޮށްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އިތުރު 30 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީންގެތެރެއިން ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 30އަށްވުރެ ގިނަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ޑިޕޯޓުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް ޤަވައިދަށް ފެއްތުމަކީ އިމިގްރޭޝަންގެ ޤާނޫނުން ލާޒިމްކުރާކަމެއްކަމަށެވެ. އެހެންކަމުން އެކަން ކުރިއަށް ގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން މީގެކުރިންވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު