16 ޖަނަވަރީ 2025
މާލޭގެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަނީ، ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނަގަން ފަށައިފި

މާލެ ސިޓީގެ މަގުތަކުގައި ހުރި ބާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ބާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.

އެގޮތުން ހަލާކުވެފައިހުރި ވެހިކަލްތަކާއި ގިނަ ދުވަސްވަންދެން ނުދުއްވާ ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އެ އުޅަނދުތައް ނަގަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު މި މަސައްކަތްކޮށްފައިވާ އިރު، މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހަލާކުވެ، ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އަދި މިގޮތަށް ނަގާ ވެހިކަލްތަކާ ހަވާލުވުމަށް އޮންނަ މުއްދަތުގައި ހަވާލު ނުވެއްޖެ ނަމަ، އެ އުޅަނދެއް ނައްތާލައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު