16 ޖަނަވަރީ 2025

"ކޯލް މީ ބޭ" ދެވަނަ ސީޒަނަކަށް

މި މަހުގެ 6 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓަރީމް ކުރަން ފަށައިފައިވާ ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ގެ އަލަތު ވެބް ސީރީޒް "ކޯލް މީ ބޭ"  ދެވަނަ ސީޒަނަކަށް ދަންމައިލަން ނިންމައިފިއެވެ.

އެކަން މިހާރު އިއުލާން ކޮށްފައިވާ އިރުގައި މި ސީރީޒް ގެ ދެވަނަ ސީޒަން ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ދެވަނަ ސީޒަން ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައިއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ގޮތްޕެއް ކަމަށްވާ ދަރުމަޓިކް އެންޓަޓެއިންމެންޓްއިން ގެނެސްދީ މި ވެބް ސީރީޒް ގައި އަންނަނިޔާ ފެނިގެންދާނީ ވަރަށް ގްލެމަރަސްކޮންނެވެ. އަނަންޔާއާ އެކު މި ސީރީޒްގެ މުހިންމު ރޯލުތައް ކުޅެނީ ވަރުން ސޫދު، ވިހާން ސަމަތު، ވީރް ދާސް އަދި ގުރުފަތޭ ޕިރްޒާދާ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސީރީޒް ޑައިރެކްޓްކުރީ ކޮލިން ޑި ކަންހާ އެވެ. 8 އެޕިސޯޑްގެ މި ކޮމެޑީ ޑްރާމާ ސީރީޒްގެ މުގުލުގައި ހުރީ މިދިޔަ އަހަރު ރިލީޒްކުރި ކަރަންގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސްކްރީންޕްލޭގައި ހިއްސާވި އިޝިތާ މޮއިތުރާ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު