16 ޖަނަވަރީ 2025

އަލާނާ ދަރިފުޅު ގޮވައިގެން ރާއްޖޭގައި

މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިއާރަތް ކޮށްފައިވާ އިންޑިއާގެ އިންފުލުއެއްޒާ އަލާނާ ޕާންޑޭ އާއިލާއާ އެކު ޗުއްޓީއަށް އަނެއްކައިވެސް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އދ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓް ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑުގަ އެވެ. އެރިސޯޓް ގައި އޭނާ ނަގައިފައިވާ ބައެއް ފޮޓޯތަށް ވަނީ ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެފައިއެވެ. ނަމަވެސް އެއާއިލާ ރާއްޖެ އައީ ކޮން އިރަކު ކަމެއް ނޭގެއެވެ.

މި ފޮޓޯތަކުން ފެންނަނީ އަލާނާ އޭނާގެ ތުއްތު ތުއްތު ދަރިފުޅު ގޮވައިގެން އަޑުއަޑީގެ ރެސްޓޯރެންޓުގައި ހުއްޓައިއެވެ. އޭނާ ވިހެއީ މިދިޔަ އޮގަސްޓް މަހު އެވެ. އެފަހުން އޭނާ އަންނަނީ ދަރިފުޅާއި އެކުގައި ގިނަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Alanna Panday (@alannapanday)

މި ދަތުރުގައި ބައިވެރިވފައި ވަނީ އަލާނާ އާއި އޭނާގެ ފިރިމީހާ  އައިވޯ މެކްކްރޭ އަދި އެމީހުން ދަރިފުޅެވެ. އައިވޯ އާއި އަލަންނާ އެންގޭޖުވީ ވެސް ރާއްޖޭގަ އެވެ. އެއީ ނޮވެމްބަރު 2021 ވަނަ އަހަރުގެ ނިވެމްބަރު މަހުގެ 5 ވަނަ ދުވަހުގައިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު