18 ޖަނަވަރީ 2025

ސ. މަރަދޫއިން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ މަރަދޫއިން މީހަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. މަރަދޫ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ވިދާޅުވީ، ސ.މަރަދޫއިން ފިރިހެނަކު ގެއްލިގެން މިއަދު މެންދުރު 13:30 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާކަމަށެވެ. މިގޮތުން އޭނާ ރޭގެ 19:00 ހާއިރު ގެއިން ނިކުމެގެންދިޔަ ގޮތަށް ޚަބަރެއް ނުވާކަމަށް ޢާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު