މަތީ ތަޢުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުންތަކުން %50 ފާސްވާންޖެހޭގޮތަށް އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް ބަދަލުގެނައުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ އެކްރިޑޭޝަން އުޞޫލަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ދައުލަތުގެ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެއޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވާ ތައްޔާރުކުރުމަކީ މައްސަލައެއްކަމަށެވެ.
މިފަދަ މައްސަލަތަކަށް ހައްލެއް ހޯދިނުމުގެ ގޮތުން މަތީ ތަޢުލީމް މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާންތަކުން %50 ފާސްވެގެން ނޫންގޮތެއްގައި އެ ކޯހުން ފާސް ނުވެވޭގޮތް ހެދުމަށް ނިންމާފައިވާކަމަށް ފިޒާނާ ވިދާޅުވިއެވެ.
އަދި އެ އުޞޫލު ވަރަށް އަވަހަށް ގެޒްޓްކުރާނެކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ. އެމްކިއުއޭގެ ސީއީއޯ ވިދާޅުވީ އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މަތީ ތަޢުލީމްދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށެވެ.
މަތީ ތަޢުލީމް ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ދޭ އެސައިމަންޓަށް %40އިން ފެށިގެން %70އާ ހަމަޔަށް މާކްސް ދެއެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި %100 އެސައިންމަންޓުން ކުއްޖާ ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެއެވެ. މީގެ ނަތީޖާއަކީ އެހެން މީހެއްލައްވައި އެސައިންމަންޓް ހަދައިގެން މަތީތައުލީމްގެ ސަނަދު ހޯދުމެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ރަނގަޅުކަމެއް އެކަމު ކަލޭމެންދޭ ސެޓްފިކެޓެއް ސިވިލް އިން ބަލައެއްނުގަނޭ އެމީހުން އަނެއްކާވެސް ޓެސްޓް ދެނީ އެއީ އަނެއްކާ މާމޮޅުބައެއް