އެކްޓަރު ޕްރަވިން ދަބާސް ކާރު އެކްސިޑެންޓެއްވެ، އައިސީޔޫ ގައި ފަރުވާން ދޭން ފަށައިފިއެވެ.
ޕްރަވިން އަކީ "މޮހައްބަތޭން" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ޕްރިތީ ޖަންގިއާނީގެ ފިރިމީހާއެވެ. ޕްރިތީ ބުނީ އޭނާ ގެ ފިރިމީހާ އެކްސިޑެންޓް ވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގެ ބަންޑްރާގެ ހޮލީ ފެމިލީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ސާފެއް ނުވެއެވެ.
މީޑީއާ ތަކުން ބުނެފައިވާ ގޮތުގައި އެކްސިޑެންޓް ވެފައި ވަނީ އޭނާ ދުއްވަމުން ދިއަ ކާރަކުން އެހެން ވެހިކަލެއްގައި ޖެހިގެން ކަމަށެވެ. ޕްރަވީން އަކީ މާ މަޝްހޫރު ނޫން އެކްޓަރެކެވެ. އޭނާ ގެ އަންހެނުން ޕްރިތީ އަށް "މޮހައްބަތޭން" އިން އިން ވަނީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބިފައިއެވެ.
ޕްރަވިން އާއި ޕްރިތީ ކައިވެނި ކުރީ 2008 ވަނަ އަހަރުގައިއެވެ. އެދެމަފިރިންގެ ދެ ކުދިން ތިބެއެވެ. މަދު ފިލްމް ތަކެއް ކުޅުމަށްފަހު ޕްރިތީ އިންޑަސްޓްރީން މިހާރު އެކަހެރިވެފައި ވާއިރުގައި ޕްރަވީން ގެ އެންމެ ފަހުގެ ފިލްމް އަކީ މިދިޔަ ޖޫން މަހު ރިލީޒްކުރި "ޝަރުމާޖީ ކީ ބޭޓީ" އެވެ.