16 ޖަނަވަރީ 2025

"ބީ ހެޕީ" އެމެޒޯން އަށް އަންނަނީ

އެކްޓަރު އަބިޝޭކް ބަޗަން ގެ ކުރިއަށް އޮތް ފިލްމް "ބީ ހެޕީ" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

ޕޯސްޓަރުން އަބިޝޭކް އާއި އެކުގައި ފެނިގެންދަނީ ކުޑަ އަންހެން ކުއްޖެކެވެ. އެއީ އިނާޔަތު ވަރުމާއެވެ. މި ފިލްމަކީ ގިނަ ތަރިންތަކެއް ހިމެނޭ ފިލްމެކެވެ. ޕޯސްޓަރު އާންމުކުރި ނަމަވެސް ފިލްމް ދައްކާ ތާރީހެއް އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފިލްމް ވަރަށް އަވަހަށް ދައްކާނެ ކަމަށް ބުނެފައިވެއެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާއި އޭނަގެ އަންހެނުން ލިޒެލް ޑި ސޫޒާގެ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ބީ ހެޕީ" ޑައިރެކްޓްކުރީ ވެސް ރެމޯ އެވެ. މީގެ ކުރިން ވެސް ބައެއް ފިލްމް ތަށް ރެމޯ ވަނީ ޑައިރެކްޓް ކޮށް ގެނެސްދީފައެވެ.

ބައްޕައަކާއި އަންހެން ދަރިއަކާ އޮންނަ ގުޅުން ނެށުމުގެ ތެރެއިން ދައްކުވައިދޭ، މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނޯރާ ފަތުހީ، ސޫރަޖް ޕަންޖޯލީ، ރާގަވް ޖުޔަލް، ޖޯނީ ލީވާ އަދި ނައްސާރު ހިމެނެ އެވެ. ފިލްމް ޕްރިމިއާ ކުރާނީ އެމެޒޯން ޕްރައިމްއިންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު