16 ޖަނަވަރީ 2025
ފެނަކަ ޑިޖިޓަލް ކުރުމުގެ މަގުޗާޓް ތަޢާރަފްކުރުމަށް ބޭއްވި ޙަފްލާގައި. ފޮޓޯ: ފެނަކަ

ފެނަކައިގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދައިފި

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދައިފިއެވެ.

ފެނަކައިން ވިދާޅުވީ އެ ކުންފުންޏަކީ އަސާސީ ގިނަ ހިދުމަތްތަކަކަށް ވަރަށް ގިނަ ރައްޔިތުން ބަރޯސާވާ ކުންފުންޏަކަށް ވުމުން، ކުންފުނީގެ ހިންގުމަށް ގެންނަ ކޮންމެ ބަދަލަކީ އަދި ކުރިއެރުމަކީ، އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގެނެވޭ ބަދަލެއް ކަމަށާއި، ފެނަކައިގެ ޑިޖިޓަލް މަގުޗާޓަކީވެސް، އެފަދަ ގިނަ ބަދަލުތަކަކާއި ކުރިއެރުންތަކެއް ގެނެސްދޭނެ ކަންކަމުގެ މައްޗަށް އެކުލެވޭ މަގުޗާޓެއް ކަމަށެވެ.

ފެނަކަ ޕޯޓަލް ތަރައްގީވެ، ބޭނުންކުރެވެން ފެށުމުން އެކަމަށް ހައްލު ލިބިގެންދާނެ ކަމަށާއި އެކިއެކި ހިދުމަތްތަކަށް އެދުމަށް، އަތުގައި އޮންނަ ސްމާޓް ފޯނުގެ އިތުރުން އެހެން ވަސީލަތެއް ބޭނުމެއް ނުވާނެ ކަން ފާހަގަކުރައްވަމުން، މިހާރު ހިދުމަތްތަކަށް އެދުމަށް ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެކި ފަހަރުމަތިން އޮފީހަށް ހިނގާކަށް ނުޖެހޭނެ ކަމަށާއި އެ ޕޯޓަލް ވުޖޫދުވެގެން އަންނައިރު، ޚިދުމަތްތަކުގެ ޕްކޭޖްތައް އެކުލަވާލެވި، ކަސްޓަމަރުންނަށް ފަސޭހަވާނެހެން ވަކިވަކި ޕެކޭޖްތައް ނެގޭނެހެން، ޕޯޓަލް ފައްކާ ކުރެވިފައި ހުންނާނެ ކަމަށް ފެނަކައިން ވިދާޅުވެއެވެ.

ފެނަކަ ޓެންޑަރ ޕޯޓަލްއަކީ، ހަމައެކަނި ޓެންޑާ ޕްރޮސެސްއަށް ހާއްސަކުރެވިފައިވާ ޕޯޓަލެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެ ޕޯޓަލް މެދުވެރިކޮށް ޓެންޑާއަށް ރަޖިސްޓްރީ ކުރުމާއި، ބިޑް ހުށައެޅުމުގެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދެވޭނެއެވެ.

ފެނަކައިން ވިދާޅުވީ އެ ޕޯޓަލް ގާއިމްކުރެވެނީ، ޓެންޑާއަށް ބިޑް ހުށައެޅުމަށް ކަނޑައެޅިފައިވާ ވަގުތުގައި އެކަނި ހުށައެޅޭ ގޮތަށް ކަމަށް ފެނަކައިން ވިދާޅުވިއެވެ. ވަގުތު ހަމަވުމުން އެ ފުރުސަތު އޮޓަމެޓިކުން ބަންދުވާނެއެވެ. އަދި ބިޑްތަކުގެ މައުލޫމާތާއި، ބިޑް ހުށައެޅި ފަރާތްތަކުގެ މައުލޫމާތުވެސް، ކުންފުނީގެ އެއްވެސް ފަރާތަކަށް ފެންނާނީ، ވަގުތުހަމަވެ، ބިޑް ހުށައަޅާ ލިންކް ބަންދުވުމުންނެވެ.މިއީ، ނަޒާހަތްތެރިކަމާއެކު ޓެންޑަރ ޕްރޮސެސް ކުރިއަށް ގެންދިޔުމަށް އެޅުނު ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ފެނަކައިން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު