16 ޖަނަވަރީ 2025
ފޮޓޯ: އެމްޓީސީސީ

ގުޅިގެން މަސައްކަތްކުރުމަށް އެމްޓީސީސީ އިން އުރީދޫއާއެކު މަޝްވަރާ ބައްދަލުވުމެއް

ގުޅިގެން މަސައްކަތްކުރުމަށް އެމްޓީސީސީ އިން އުރީދޫއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ.

މިއަދު ބާއްވާފައިވާ މި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އެމްޓީސީން ވަނީ އުރީދޫއާއެކު ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރޓ. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. އުރީދޫގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަލްފާޟިލް ޙުސައިން ނިޔާޒްއާ އެކުންފުނީގެ އިސް އޮފިޝަލުންނެވެ.

35 އަހަރު ކުރިން 1980 ވަނަ އަހަރު ސަރުކާރުން އުފެއްދި އެމްޓީސީސީއަކީ ރާއްޖޭގެ އެންމެ ބިޔަ އެއް ކުންފުންޏެވެ. ޚާއްސަކޮށް ބިން ހިއްކުމާއި ފަޅު ފުންކުރުމުގައި އެ ކުންފުފުނި އޮންނަނީ އަބަދުވެސް އެންމެ ކުރީގައެވެ. އެންމެ ހިދުމަތްތެރި ކުންފުނީގެ ގޮތުގައެވެ.

އަދި މިހާރު ފެށިގެން ކުރިއަށް ގެންދާ އާރްޓީއެލް ފެރީގެ ޚިދުމަތް ފުޅާކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ދަނީކުރަމުންނެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ. އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ނެގެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު