ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު ފަތުރައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޓަކައި، ކުރިއަށް ގެންދަވާ 'ރިސާލަތު’ގެ 623 ޕްރޮގްރާމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހައިތަނަށް ފުރިހަހަމަކުރައްވައިފިއެވެ.
މީގެ ތެރޭގައި މަދަރުސާ ކުދީންނަށް ޚާއްޞަކުރައްވައިގެން ހިންގެވި 162 ޕްރޮގްރާމަކާއި، މުދައްރިސުންނަށް އަމާޒުކުރައްވައިގެން ހިންގެވި 48 ޕްރޮގްރާމެއް ހިމެނެއެވެ. މީގެ އިތުރަށް ބެލެނިވެރީންނަށް ޚާއްޞަ 71 ޕްރޮގްރާމަކާއި މިސްކިތްތަކުގައި ހިންގުނު 53 ޕްރޮގްރާމަކާއި ޒުވާނުންނަށް ޚާއްސަކޮށްގެން 24 ޕްރޮގްރާމެއް ހިންގަވައިފައިވެއެވެ. އަދި 81 މުއައްސަސާއަކާއި ޔުނިވަރސިޓީތަކުގައި ތިން ޕްރޮގްރާމެއް ވަނީ ހިންގަވައިފައެވެ.
މީގެ އިތުރަށް ޖަލުތަކުގައި ހަތް ޕްރޮގްރާމަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 18 ޕްރޮގްރާމަކާއި، އަދި ވީޑިއޯ ދަރުސް މެދުވެރިކޮށް 63 ޕްރޮގްރާމެއް ވަނީ ގެނެސްދީފައެވެ.
'ރިސާލަތު' ޕްރޮގްރާމްގެ ދަށުން ދިވެހިބަހުގެ އިތުރަށް އިނގިރޭސި ބަހުން ވެސް ދީނީ ޢިލްމުވެރިންގެ ނަޞޭޙަތްދެއްވުން ބާއްވަވާކަން ފާހަގަކޮށްލެވެއެވެ. 'ރިސާލަތު’ގެ ޕްރޮގްރާމްތަކުގައި މާުލޫމާތު ދެއްވަނީ ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރީންނެވެ.