16 ޖަނަވަރީ 2025
ފ.މަގޫދޫއަށް މިނިސްޓަރ ރަމީލާ ވަޑައިގެން މަގޫދޫ ކަައުންސިލްއާ ބައްދަލްކުރެއްވުމައްފަހު މަގޫދޫގައި މީގެކުރިން ޕްރޮޖެކްޓުތައް ހިންގައިފައިވާ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގެންނެވި، ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ

ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނުގައި މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ހާޞިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޖުމްލަ 40 ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ތަޢުލީމީ ސެޓްފިކެޓްތަކާއި ލިޔެކިޔުންތައް ހުށައަޅަންޖެހޭނެއެވެ. މި ސްކޮލަރޝިޕަށް ހުޅަހެޅުމުގެ ސުންގަޑިއަކީ 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ.

މިއީ ޖަޕާން އިންޓަރނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗަރ ސްޓަޑީޒް ނެޓްވޯކް ފޮރ ފުޑް އެންޑް ސެކުރިޓީ 2025 ގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން ތަމްރީނުވުމަށް ހުޅުވާލި ފުރުޞަތެކެވެ. މި ފުރުޞަތަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތުގައި ތަޢުލީމާ ތަޖުރިބާ ހުރި މީހުން ނެރުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މި ސްކޮލަޝިޕްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވުމާއި، 1 އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 35 ފުރިފައި ނުވުން ހިމެނެއެވެ. އަދި ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާޞިލުކޮށްފައިވުމާއި، އޭޕްރީލް 2025 ގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.

މި ސްކޮލަރޝިޕް ފުރުސަތާގުޅޭ އިތުރު މަޢުލުމާތު ގެޒެޓު އަދި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ލިބޭނެއެވެ. އެގޮތުން 1474އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު