ކުޑަ ކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ "ރޮބޯމޭން: ދަ މޫވީ"ގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ފިލްމަކީ ރާއްޖޭގެ ވަރަށް ފާހަގަކޮށްލެވޭ ސްޓޫޑިއޯއެއް ކަމަށްވާ އޯކޭޒް އިންކް އާއި މީޑިއާނެޓް ގުޅިިގެން ގެނެސްދޭ ފިލްމެކެވެ. މިއީ ކުޑަކުދިންނަށް ހާއްސާކޮށްގެން ގެނެސްދޭ ފިލްމްއެކެވެ. އެހެންވެ ފިލްމް އެޅުވުމަށް ތާވަލުކޮށްފައިވަނީ ސުކޫލު ބަންދާއި ދިމާކޮށެވެ.
މިހާތަނަށް އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއްގެ އިތުރުން ވެބް ސީރީޒްތަކެއްގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދަން ނިންމާފައިވާ "ރޮބޯމޭން" ގެ ޑައިރެކްޓަރުންނަކީ މުހައްމަދު މުންތަސިރު (މުންކޮ) އާއި މަޝްހޫރު ކެމެރާމަން އިބްރާހީމް ވިޝާމް (ކަނޑި) އެވެ.
މި މަހުގެ 26 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ރޮބޯމޭން: މޫވީ" ގެ ކާސްޓުން މަޝްހޫރު ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި ރަވީ ފާރޫގްގެ އިތުރުން ކުޑަކުދިންތަކެއް ވެސް ފެނިގެންދާނެއެވެ.