16 ޖަނަވަރީ 2025

"ބިގް ބޮސް 18″ އޮކްޓޯބަރު 6 ގައި

ކަލާޒް ޗެނެލުން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޓިވީ ޝޯވ "ބިގް ބޮސް" ގެ 18 ވަނަ ސީޒަން ޕްރީމިއާކުރާ ތާރީހު އިއުލާންކޮށް، ޝޯގެ ރަސްމީ ޕްރޮމޯ ވެސް ދައްކާލައިފިއެވެ.

މި ޝޯގެ އާ ސީޒަން ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ރޭގަ އެވެ. އެއީ ރާއްޖެ ގަޑިން 8:30 ގަ އެވެ. ބެލުންތެރިންގެ މެދުގައި މި ޝޯވ އަކީ ވަރަށް މަގުބޫލު ފިލްމްއެކެވެ. އަދި ރާއްޖޭގައި ވެސް މި ޝޯވ ބަލާ މީހުން ވަރަށް ގިނައެވެ.

"ބިގް ބޮސް 18″ ގެ ތީމަކީ ވަގުތެވެ. އެހެންވެ މީގެ ޓެގް ލައިނަކީ "ޓައިމް ކާ ތަންޑާވް" އެވެ. މިފަަހަރު ޝޯވ ގެ ޕްރޮމޯ ގެނެސްދީފައިވަނީ ޝޯވ ގެ ހޯސްޓް މަޝްހޫރު އެކްޓަރު ސަލްމާން ހާން އާއި އެކުގައިއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މިފަހަރުގެ ސީޒަންއިން ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވާ ބައިވެރިންގެ ތެރޭގައި ދަލްޖީތު ކޯރް، ޝޯއިބް އިބްރާހިމް، ދިގްވިޖޭ ސިންގް ރާތީ، ސަމީރާ ރެޑީ، މެކްސްޓާން، ޕޫރަވް ޖާ، ޕޫޖާ ޝަރުމާ، ތުގޭޝް، ޝީޒާން ޚާން، ކަރަން ޕަޓޭލް ފަދަ ތަރިން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު