16 ޖަނަވަރީ 2025

ވަރުންގެ "ބޭބީ ޖޯން" ގައި ސަލްމާން

ބޮލީވުޑްގެ ތަރި ވަރޫން ދަވަންގެ "ބޭބީ ޖޯން" ގައި ސަލްމާން ހާން ގެ ހާއްސަ ފެނިލުމެއް ހިމެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމަކީ މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޖަވާން" ގެނެސްދިން ޑައިރެކްޓަރު އެޓްލީ އާއި މުރާދު ކެތާނީ ޕްރޮޑިއުސްކޮށް، ކާލީސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ޖަވާން" ވެގެން ގޮސްފައިވަނީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ. އެއާއި އެކުގައި އެޓްލީ އާއި އެކުގައި ސަލްމާން ގެ ފިލްމެއް ވެސް ގެނެސްދޭނެ ކަމަށް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

 

މި ފިލްމްގެ ކާސްޓްގައި ވަރޫން އާއިއެކުގައި ދެކުނުގެ ބަތަލާ ކީރްތީ ސުރޭޝް އާއި ވަމީގާ ގައްބީ އަދި ޖެކީ ޝްރޮފް، ރާޖްޕަލް ޔާދަވްގެ އިތުރުން ޝީބާ ޗައްޑާ ހިމެނެއެވެ. އަދި ފިލްމުގެ ހާއްސަ ފެނިލުމެއްގައި ސާނިއާ މަލްއުތުރާ ވެސް ހިމެނެއެވެ.

މި ފިލްމަކީ އެޓްލީ ޑައިރެކްޓްކޮށް 2016 ގައި ގެނެސްދިން "ތެރީ" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު