ބޮލީވުޑްގެ ކާމިޔާބުރ ފްރެންޗައިޒް "ރޭސް" ގެ ހަތަރު ވަނަ ފިލްމް "ރޭސް 4″ ގެ ޝޫޓީން އަންނަ ޖެނުއަރީމަހުގައި ފެށުމަށް ތައްޔާރު ވާން ފަށައިފިއެވެ.
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސައިފް އަލީ ހާން އާއި ސިދާތު މަލްހަތްރާ ފެނިގެންދާ މި ފިލްމުގެ ކާސްޓު އަދި އިއުލާނެއް ނުކުރެއެވެ. މި ސިލްސިލާ ގެ ފިލްމްތަކަކީ ވަރަށް ކާމިޔާބު ފިލްމްތަކެކެވެ. އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބިފައިވާ ފިލްމެކެވެ.
"ރޭސް 4″ ކުރިއަށް ދާނީ ފުރަތަމަ ދެ ބަޔަކާ ވަރަށް ބޮޑަށް ގުޅޭ ގޮތަށް، އަދި އެ ދެ ފިލްމުން ބެލުންތެރިންނަށް ގެނުވައިދިން އިހުސާސްތައް އާ ބައިގައި ހިމެނޭނެ ގޮތުގެ މަތިން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.
2008 ވަނަ އަހަރު ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިންއިރު ފިލްމުގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް ގެނެސްދިނީ 2013 ވަނަ އަހަރުއެވެ. މި ދެ ފިލްމުވެސް ޑައިރެކްޓްކުރީ އައްބާސް މަސްތާން އެވެ. އަދި ވަރަށް ކާމިޔާބު ދެ ފިލްމްވެސް މެއެވެ. ނަމަވެސް މުޅިން ތަފާތު ކާސްޓަކާއި ޑައިރެކްޓަރަކާ އެކީ "ރޭސް 3″ ގެނެސްދިނީ 2018 ގަ އެވެ. ލީޑުން ފެނިގެންދިއައީ ސަލްމާން ޚާން އެވެ.