މަޝްހޫރު ޓީވީ ބަތަލާ ސަނާޔާ އިރާނީ އާއި ފިރިމީހާ މޯހިތު ސޭގަލް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އެދެމަފިރިންނަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފައިވާބައެކެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަހެއް ކުރިންނެވެ. އަދި ޗުއްޓީ ހޭދަކުރަމުން އަންނީ ދިގަލި މޯލްޑިވްސް ރިސޯޓުގައިއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަން ސޯޝަލް މީޑިއާގައި ވަނީ ހިއްސާ ކޮށްފައެވެ. އަދި އެމީހުން ވަނީ ރިސޯޓް ގެ ރީތި ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
ސަނާޔާ މިދާއިރާ އަށް ވަނީ 2007 ވަނަ އަހަރުގެ ޓިވީ ޑްރާމާ "ލެފްޓް ރައިޓް" އިންނެވެ. ބެލުންތެރިންގެ މަގުބޫލު ކަން ހޯދީ "މިލޭ ޖަބް ހަމް ތުމް" ގައި ކުޅުނު ރޯލުންނެވެ. މީގެ އިތުރުން އޭނާ ވަނީ ވަނީ ބައެއް ފިލްމް ތަކުންވެސް ފެނިގެން ގޮސްފައެވެ.