ދިވެހި ކެއުމުގައި ހުތް ނުހިމެނޭނަމަ އެ ކެއުމަކީ ފުރިހަމަ ކެއުމެއްކަމަށް ނުބުނެވޭނެއެވެ. ލުބޯ ނުވަތަ ބިލިމަގުން ނަމަވެސް ހުތް ކަން ބޭނުންވެއެވެ. އާންމުކޮން ކެއުމުގައި ބޭނުން ކުރާ ރިހާކުރާއި ގަރުދިއަ ކާއިރުގައި ވެސް ހުތް މުހިންމު ދައުރެއް އަދާ ކުރެއެވެ.
ހުތަކީ ފެށުނީން ސުރެވެސް ދިވެހިންގެ ކެއުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހުތަކީ ގިނަ ފައިދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. އެގޮތުން ހުތުން ވެސް ހަށިގަނޑަށް ވަރަށް ފައިދާ ހުރެއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި ހިމެނުން މުހިންމު އެއްޗެކެވެ.
ހުތް މޭވާ އަކީ މުހިންމު މާއްދާއެއްކަމަށްވާ ފައިބަރ ގިނަ އަދަދަކަށް އެކުލެވޭ މޭވާތަކެވެ. މި މާއްދާ އަކީ މީހާގެ ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އަދި ހަޖަމްކުރުމުގެ ނިޒާމަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. އަދި ބައެއް ހުތް މޭވާތަކުގައި ހިމެނޭ ފައިބަރ ބެލެވެނީ ސޮލިޔުބަލް ފައިބަރ ކަމަށެވެ. މި ފައިބަރގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދެއެވެ. އެހެން ކަމުން ކޮލެސްޓްރޯލް އާއި ހަނގުރާމަ ކުރަމުންދާ ފަރާތްތަށް ކެއުމުގައި ގިނައިން ހުތް ރަހަ އެކުލެވިގެންވާ މޭވާ ހިމަނާށެވެ.
ބަރުދަން ލުއި ކުރަން ބޭނުން މީހުންނަށް ހުތް މޭވާއަކީ ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ މި މޭވާތަކުގައި ކެލޮރީ ހިމެނޭ މިންވަރު ދަށްވުމުގެ ސަބަބުން ބަރުދަން ލުއިކުރުމަށް ފަސޭހަވާތީއެވެ. އެގޮތުން ލުބޯ އާއި އޮރެންޖް އާއި ބިލިމަގު، ބްލަޑް އޮރެންޖް، ކިވީ، ފެޝެން ފުރުޓް، އަލަނާސި، ސްޓާ ފުރުޓް، މެންޑަރިން ފަދަ މޭވާ ކެއުމުގައި ހިމެނުމުން ބަރުދަން ލުއި ވުމަށް އެހީއަކަށް ވެއެވެ. ބަރުދަން ލުއި ނުވުމަކީ ގިނަ ބައެއްގެ ޝަކުވާ އެކެވެ. އެހެންކަމުން ޑައިޓުގައި ހުތް ކަން ހުންނަ މޭވާ ހިިމަނާށެވެ. ދިވެހިންނަކީ ހުތް މޭވާ ކެއުމަށް ޝައުގު ހުންނަ ބައެކެވެ. ހުތް މޭވާ އިން ބަރުދަން ލުއިވާކަން 2015ގައި ކުރި ދިރާސާއަކުން ވެސް ވަނީ ދައްކާފައެވެ.
ހުތް މޭވާ ކެއުމުމުގެ ސަބަބުން ކުޑަކަމުދާ ތަކެތީގައި ސައިރޭޓް ހިމެނޭ މިންވަރު މަތިކޮށްދެއެވެ. އެއާއި އެކުގައި ކިޑްނީގައި ހިލަ އުފެދުމަށް ދިމާވާ ސަބަބުތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. ހުތް މޭވާ ކެއުމުގެ ފައިދާ ވަރަށް ގިނައެވެ. އެއީ ނިއުޓްރިޝަން ގިނަ އަދި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސިކުނޑީގެ ޑިސްފަންކްޝަން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ރާއްޖެއިން ފަސޭހަ ކަމާއި އެކުގައި ހުތް ރަހަ އެކުލެވޭ މޭވާ ލިބެންހުރެއެވެ.