16 ޖަނަވަރީ 2025
“ހައުސް އޮފް ޕީ.އެން.ސީ” ހޮޅުވުމުގެ ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވާހަކަ ދެއްކެވުން

ފަތުރަނީ ދޮގު؛ ޕީއެންސީއަށް މެންބަރުން ވައްދާކަށް މަޖުބޫރެއް ނުކުރޭ: ފަލާޙް

ވަޒީރު ބޭފުޅުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް އަންގާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސައްހަ ނޫންކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވަޒީރުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް ޕީއެންސީއިން މަޖުބޫރުކުމުންދާކަމަށް ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ ޓީވީ ޗެނަލެއް ކަމަށްވާ "ސަންގު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޕީއެންސީގެ މެމްބަރޝިޕް ޑްރައިވްގައި އިސްކޮށް ހަަރަކާތްތެރިވެވަޑައިގަންނަވާ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މެމްބަރޝިޕް ޑްރައިވްއެއް ކުރިއަށް ގެންދާނަމަވެސް އެއްވެސް ވަރަކަށް ވަކި އަދަދެއް ހަމަ ކުރުމަށް އަންގާފައިނުވާނެކަމަށާއި، ކުރެމުންދަނީ ޕާޓީގެ މަސައްކަތްތަކެއް ކަމަށްވުމުން ޕާޓީގެ މެމްބަރުން އެ ކަމުގައި ޝާމިލުވާނެކަމަށެވެ.

ޕީއެންސީއަށް 75000 މެމްބަރުން ހަމަކުރުމަށް އަމާޒު ހިފާފައިވާއިރު، އެޕާޓީގެ ލީޑަރޝިޕާއި މެންބަރުންދަނީ މެމްބަރޝިޕް ޑްރައިވްގައި ބައިވެރިވެ، ގިނަ މެންބަރުން އެ ޕާޓީއަށް ވެއްދުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު