16 ޖަނަވަރީ 2025
ޝައިޚް އިބްރާހީމް ރަޝީދު ޙަސަން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ މަރުކަޒުގައި ޝައިޚް އިބްރާހީމް ރަޝީދު ޙަސަންގެ ތަފްސީރު ކުލާސް ފަަށައިފި

އިސްލާމީ މަރުކަޒުގައި ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ސިލްސިލާ ތަފްސީރު ކުލާސްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މި ސިލްސިލާގެ ފުރަތަމަ ކުލާސްވަނީ ރޭ ކުރިއަށް ގެންގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ތަފްސީރު ކުލާސް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަނެވެ.

ތަފްސީރު ކުލާހުގައި ނިޡާމީ ގޮތެއްގައި ކީރިތި ޤުރްއާނުގައި ވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމުގައި އަންނަނިވި ކަންތައްތަކަށް އަލި އަޅުވާލެވޭނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ވިދާޅުވެއެވެ.

1. އާޔަތްތައް ބާވައިލެއްވުނު ސަބަބު.
2. އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުން.
3. ﷲގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުން.
4. ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީނަޒަރަކުން ބަލާލުން.
5. ﷲގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދިނުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު