16 ޖަނަވަރީ 2025

"ބިބީ" ގެ ޕްރޮމޯޝަނަލް ލަވަ އަންނަ ބުރާސްފަތީގައި

ޑާކް ރެއިން އެންޓަޓައިިންމަންޓުގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ބިބީ" ގެ ޕްރޮމޯޝަނަލް ލަވަ ބުރާސްފަތީގައި ދައްކައިލަން ނިންމައިފިއެވެ.

އެކަން އިއުލާން ކޮށް މިޙާރު ވަނީ ޕޯސްޓަރެއްވެސް އާންމު ކޮށްފައިއެވެ. މި ލަވައިގެ ނަމަކީ "ލާލު"އެވެ. މިފިލްމް އަކީ މިއަހަރުގެ ވަރަށް އުންމީދީ ފިލްމެކެވެ. މިފިލްމަކީ އައު ޑައިރެކްޓަރެއް ދިވެހި ފިލްމް އިންޑަސްޓްރީއަށް ލިބިގެންދާނެ ފިލްމެވެ.

"ބިބީ" އަކީ ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ޝަރަފު އަބްދުﷲ ގެ އަންހެނުން އަދި މަޝްހޫރު ހޯސްޓް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޮކްޓޯބަރު 7 ގައި އޮލިމްޕަށް ދޫކޮށްލަން ނިންމާފައިވާ ބިބީ" އަކީ ބެލުންތެރިން ބިރުގަންނުވާލައި، ހެއްވައިލާނެ ކަހަލަ ފިލްމަކަށް ވާނެއެވެ. މި ޖޯންރާގެ ފިލްމްތައް އޮލިމްޕަހަށް އަންނަނީ ވަރަށް މަދުންނެވެ.

"ބިބީ" ގެ ކާސްޓްގައި ޝަރަފުގެ  އިތުރުން މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު އީސަ (އާނަންދު) ފަދަ ތަރިން ހިމެނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު