16 ޖަނަވަރީ 2025

ކަރަން ބޮޑު ބަޖެޓުގެ ވެބް ސީރީޒެއް ހަދަނީ

ބޮލީވުޑްގެ ނުފޫޒުގަދަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ވެބް ސީރީޒެއް ޑައިރެކްޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ ކާމިޔާބު އަދި މަޝްހޫރު އެތަށް ފިލްމް އެއް ގެނެސްދީފައިވާ ކަރަން އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ޑައިރެކްޓުކުރާނެ ފުރަތަމަ ސީރީޒެކެވެ. މި ސީރީޒް އާއި ބެހޭގޮތުން އަދި މިހާތަނަށް މާގިނަ މައުލޫމާތެއް ރަސްމީކޮށް ހިއްސާ ކޮށްފައެއް ނުވެއެވެ.

މިއީ މަޝްހޫރު ގިނަ ބަތަލާއިންތަކެއް ކާސްޓްގައި ހިމެނޭނެ އެއްޗެ ކަމަށާއި ސީރީޒްގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް މީޑިއާއިން ވަނީ ބުނެފައެވެ. އަދި ބެލުންތެރިންނަށް ސީރީޒް ދޫކޮށްލާނީ 2026 ގައި ކަމަށާއި މިއީ ނެޓްފްލިކްސްގެ ވަރަށް އުންމީދީ ޕްރޮޖެކްޓެއް ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައިއެވެ.

އެ ސީރީޒްގެ ސްކްރިޕްޓުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށާއި ނަމަވެސް، އެ ސީރީޒްގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓުން ކުރިން ވެސް ނެޓްފްލިކްސް އަށް ސީރީޒެއް ހަދާފައިވާކަމެވެ. އެއީ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ 8 އެޕިސޯޑްގެ 2022 ގެ "ދަ ފޭމް ގޭމް" އެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

 

"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ގަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ކަރަން އެންމެފަހުން ޑައިރެކްޓުކުރީ މިދިޔަ އަހަރު ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު