އެކި މީހުންގެ ހުންނަނީ އެކި ބޮޑީ ޝޭޕްއެވެ. މި ޝޭޕް ތަކަށް ތަފާތު ނަންނަން ކިޔައެވެ. އަދި ބައެއް ޝޭޕް ތަކަކީ މީހާގެ ރީތިކަން މިނެކިރައިލަދޭ އެއްޗެއް ކަމަށް ވެސް ވެއެވެ. ނަމަވެސް ކޮންމެ ޝޭޕަކީ ވެސް ރީތި ޝޭޕްއެއް ކަމަށް މިހާރު އެންމެންވެސް އަންނަނީ އަޑު އުފުލަމުންނެވެ. މީހާ ހުންނަ ގޮތަކުން ރީތިކަން އަޅާ ނުކިޔޭނެ ކަމަށް އަޑުގަދަ ވެފައިވާއިރުގައި ކުލަ އާއީ ސިފަ އަކީ ރީތިކަން މިނެކިރާ މިންގަޑު ނޫން ކަމަށް މިހާރު އަންނަނީ ބުނަމުންނެވެ.
އަންހެނުންގެ ހަށިގަނޑުގެ ތަފާތު ސިފަތަކުގެ ތެރެއިން އެއް ސިފައަކީ ސުޕޫން ބޮޑީ ޝޭޕް ނުވަތަ ސަމުސާ ބޮޑީ ޝޭޕެކެވެ. މިއީ ނަމާއި އެއްގޮތަށް ސަމްސަލެއް ގެ ޝޭޕާއި ވައްތަރަށް ހުންނަ ބޮޑީއެކެވެ. މި ޝޭޕް އަށް ފިޓުވާ މީހުންގެ ހުންނަނީ އުނަގަނޑު، ބުޑަށްވުރެ ބޮޑުކޮންނެވެ. ނުވަތަ ހަށިގަނޑުގެ ބާކީ ބައިތަކަށްވުރެ ބުޑުބޮޑުނަމަ، ހަށިގަނޑުގެ ސިފަ ކަމަށް ބުނަނީ ސަމްސަލެއްގެ ޝޭޕެވެ.
ހަށިގަނޑު މި ޝޭޕްގައި ހުންނަ މީހުންގެ އުނަގަނޑު ވަރަށް ރަނގަޅަށް ކަނޑައެޅިފައިވާ އިރު، އުނަގަނޑުގެ މަތީ، އުނަގަނޑު އަދި މަތީ ކޮނޑުގައި ގިނައިން ފެޓް ޖަމާވެއެވެ. މިހެން ވަނީ އެމީހުންގެ ޝޭޕް ހުންނަ ގޮތުންނެވެ.
ސްޕޫން ބޮޑީ ޝޭޕަށް އެންމެ ކަމުދާ ސްޓައިލްއަކީ އުނަގަނޑު މަތިކޮށް ބެލެންސްޑް ލުކެއް އުފައްދައިދޭ ހެދުންތަކެވެ. އެމީހުން ހެދުން އެޅުމުގައި އެންމެ ރީތި ގޮތަކަށް ވަނީ ޓޮޕް އާއި ބޮޓަމް އަކުން ސްޓައިލް ކޮށްލުމެވެ. އޭރުން އުނަގަނޑުން މަތި ވަކިން އަދި ތިރި ވަކިން ހުރުމުން މިފަދަ ބޮޑީތަކަށް ވަރަށް ސަޅިވާނެއެވެ.
މީގެ އިތުރުން ވެސް އޭ ލައިން ޑްރެސް، އޮފް ދަ ޝޯލްޑާ ޑްރެސް އަދި ކުރު ހެދުންތައް މި ބޮޑީ ޝޭޕް ހުންނަ މީހުންނާއި ވަރަށް ގުޅޭނެއެވެ. ނަމަވެސް ހެއާ ސްޓައިލް ކުރުމުގައި މާ ގޮތް ބޮޑު ކުރުން ރަނގަޅެއް ނުވާނެއެވެ. އަދި ހެދުން އެޅުމުގައި ވެސް މާ ގޮތް ބޮޑު ނުކުރުން ރަނގަޅުވާނެއެވެ.
މިކަހަލަ މީހުންނާއި އެންމެ ގުޅޭނީ ޕޮއިންޓެޑް ކޮން ހުންނަ ވައްތަރުގެ ފައިވާން އަދި ބޫޓެވެ. އަދި ވެޖް ވައްތަރުގެ ފައިވާން ވެސް ސަޅިވާނެއެވެ. ކަންފަތުގައި ލުމަށް އެންމެ ރަނގަޅުވާނީ ވަރަށް ބޮޑެތި ޗަންކީ އިއަރިންގްސްއެވެ. އެހެން ކަމުން މިފަަދަ ޝޭޕްގެ ބޮޑީ ހުންނަ މީހުން ސްޓައިލް ކޮށްލުމުގައި މިކަންކަމަށް ވިސްނާލާށެވެ.