އޮލިމްފަހުގައި ބޮޑު ކާމިޔާބެއް ހޯދި އަދި ޝްވެކް ސިނަމާގައި މިހާރު އޮތް ކާމިޔާބު ދިވެހި ފިލްްމް "ކަމަނާ" ގެ ވަދާއީ ޝޯވތަކެއް އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.
އެކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައިވާއިރުގައި، އެ ދެ ޝޯ ދައްކާނީ އަންނަ މަހުގެ 3 އާއި 4 ގައި މަރަދޫގެ ބޮޑޮގޭގަ އެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތަކުން "ކަމަނާ" އަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން ވަދާއި ޝޯތަކެއްގެ ގޮތުގައި އިތުރު ދެ ޝޯއެއް ދައްކަން ނިންމައި، އެ ޝޯތަކުގެ ޓިކެޓަށް ވެސް މިހާރު އޮތީ ހުޅުވާލައިފައެވެ.
މި ފިލްމްގެ ޝޯވ ތަކެއް މީގެ ކުރިންވެސް އައްޑޫގި ވަނީ ދައްކައިފައިއެވެ. އެއީ މި މަހުގެ 19 އާއި 20 ގަމުގެ ގަމުގެ ބްލޫ ލެގޫންގައި އެ ފިލްމުގެ ހައުސްފުލް ޝޯތަކެއް ދައްކާފައިވާ އިރު، 21 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ވެސް ފިލްމު ޝޯއެއް ދައްކާފައިވެއެވެ.
މިދިޔަ މަހުގެ 27 ގައި ޕްރީމިއާ ކުރި "ކަމަނާ" އަކީ ކިޑް ޕްރޮޑަކްޝަންއާއި ސެޓާން ސްޓޫޑިއޯއާއި ގުޅިގެން ގެނެސްދީފައިވާ ފިލްމްއެކެވެ. މި ފިލްމަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމްއެކެވެ. "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ކަމަނާ" ގެ ލީޑް ތަރިންނަކީ މަރިޔަމް އައްޒަ އާއި ޔޫސުޗް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ.