މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީޔާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި
ވިދާޅުވީ ވަގު ސެޓްފިކެޓް ވިއްކުމާއި ޤަވައިދާ ޚިލާފަށް އެޓެސްޓުކުރުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.
ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓް ހުށައަޅާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ އިދާރާގައި ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ސިސްޓަމްއެއް ޤާއިމްކުރުމަށްޓަކައި އެންސީއައިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ސިސްޓަމް އަންނަ އަހަރުގެ މެދުތެރޭ ޤާއިމްކޮށް ނިންމާލެވޭނެ ކަމަށް ފިޒާނާ ވިދާޅުވިއެވެ.
އެ ސިސްޓަމް ޤާއިމްކުރުމުން ވަޒިފާ ދޭ މީހުންނަށް ފަސޭހައިން ވަޒީފާއަށް ހުށައަޅާ މީހުންގެ ސެޓްފިކެތްތަކުގެ އަސްލު ބަލާލެވޭނެކަމަށާއި، އަދި މަތީ ތަޢުލީމް ދޭ މަރުކަޒުތަކަށްވެސް އެ ސިސްޓަމްއަށް ޑާޓާތައް އެންޓަރ ކުރުމުގެ ފުރުސަތު ލިބޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ. އަދި މޭގެ އިތުރުން، މި ސިސްޓަމްގެ ސަބަބުން ރާއްޖޭގައި މިހާތަނަށް މަތީ ތަޢުލީމަށް ކިޔަވާފައި ތިބި ދަރިވަރުންގެ ޢަދަދާއި ކިޔަވާފައި ތިބި ދާއިރަތައްވެސް ބަލާލެވޭނެކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައި ވަގު ސެޓްފިކެޓްތައް ވިއްކުމުގެ މައްސަލަ ހިނގާއިރު، މިއަހަރުގެ މިހާތަނަށް ވަގު ސެޓްފިކެޓް ވިއްކުމުގެ 3 މައްސަލައައެއް ފުލުހުންގެ ޚިދުމަށް ހުށައަޅާފައިވެއެވެ.