18 ޖަނަވަރީ 2025

ދ. މީދޫ، ބަނޑިދޫ އަދި ށ. ފުނަދޫ އައިސްޕްލާންޓް އެޅުމަށް މިފްކޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ދ. މީދޫ، ބަނޑިދޫ އަދި ށ. ފުނަދޫގައި އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު މިފްކޯއާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތު ބޭއްވުނީ ވުޒާރާގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވުޒާރާގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރު އަދި މިފްކޯގެ ފަރާތުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ޙަނީފެވެ.

މި މަޝްރޫޢުގެ ދަށުން އެޅޭ ކޮންމެ އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ. މީގެ އިތުރުން ކޮންމެ ޕްލާންޓަކާއެކު 50 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ވެސް އަޅާނެއެވެ. މި ތިން އައިސްޕްލާންޓް ނިމުމުން ދުވާލަކު ޖުމްލަ 80 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މި އައިސްޕްލާންޓްތައް ޤާއިމުކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު