އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 13 އަހަރުގެ މުސްޢަބް ބިން ފައިޞަލް އާއި އެދަރިވަރުގެ ބެލެނިވެރިޔާއާއި ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ވަނީ މުސްއަބްއަށާއި މުސްޢަބްގެ މައިންބަފައިންނަށް ތަޙުނިޔާ ދަންނަވާ، ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ނަޞޭޙަތްތެރިވެލައްވާފައެވެ.
މުސްޢަބް ވަނީ 31 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.