16 ޖަނަވަރީ 2025

2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް: ރައީސް

2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 75 އަހަރުފުރުން 2040 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކެއް އެބަހުރިކަމަށެވެ.

އދ.ގައި މިއަދު ތަޤުރީރުކުރައްވާއިރު، ރާއްޖެއާމެދު ދެކޭ ތަސައްވުރެއް އޮތްކަންވެސް ފާހަގަކުރައްވަމުން، ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަކީ އަޅުގަނޑުގެ އުއްމީދު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އުނދަގޫ މަސައްކަތެއްކަމަށް ހީވިޔަސް، ނަމަވެސް އަމާޒެއް އޮވެގެން މަސައްކަތްކޮށްފިނަމަ އެއީ ހާސިލު ނުކުރެވޭނެ ކާމިޔާބީއެއް ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ދަތި އުނދަގޫ މަރުހަލާތައް ކަޑައްތުކޮށްގެން ކާމިޔާބަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ރާއްޖެއަށް އައު ކަމެއް ނޫންކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު