16 ޖަނަވަރީ 2025
ޕީއެންސީ ހަރުގެ ރަސްމީކޮށް ހުޅުވުން، ފޮޓޯ: ޕީއެންސީ

އދ. ގެ އާންމު މަޖިލީހުގައި ރައީސް ދެއްވި ތަޤްރީރަށް ފަޚްރުވެރިވޭ: ޕީއެންސީ

ދިވެހިރާއްޖެއާއި ގެންގުޅުއްވާ ތަސައްވުރާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަން އަދި މިހާރުން މިހާރަށް ގެންނަން ޖެހޭ ނިޒާމީ އިސްލާހުތައް އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަޤްރީރަށް ފަހުރުވެރިވާކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހާމަކުރައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަޤްރީރާ ގުޅޭގޮތުން ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ ގައުމުގެ ތަސައްވުރާއި އެކު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރާއި، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ބޮޑެތި ކަންކަން އަދި މިހާރުން މިހާރަށް ގެންނަން ޖެހޭ ނިޒާމީ އިސްލާހުތަކަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ މުނާސަބަތު އިހުތިފާލު ކުރާ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފުން ޖާގަ ކަށަވަރުވެފައިވާ ގައުމެއްކަމަށް ހެދުމަށް ރާއްޖޭގެ މުވައްސަސާތައް ހަރުދަނާ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާކަން ފާހަގަކުރައްވަމުން ޑިޖިޓަލް ކުރިއެރުން ކަށަވަރުކޮށްދެއްވައި ޒަމާނީ ޓެކްނޮލޮޖީގެ ފަހިކަން ދިވެހިންނަށް ލިބޭނެ ސިޔާސަތުތައް ބައްޓަން ކުރައްވާނެކަމަށް ރައީސް އިއުލާނު ކުރެއްވުމަކީ މިއަދުގެ ޒުވާނުންނާއި އަންނާން އޮތް ޖީލުތަކަށް ލިބިގެން ދިޔަ އުފާވެރި ހަބަރެއްކަމަށް ޕީއެންސީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ އިޤްތިސާދަކީ ވިލުންތެރި އިގްތިސާދަކަށް ބަދަލު ކުރެއްވުމަށް އައު ސިނާއަތްތައް ތައާރަފު ކުރެއްވުމަށް މާލީ ހިދުމަތްތަކުގެ ދާއިރާ ފުޅާ ކުރުމަށް ޑިވެލޮޕްމަންޓް ބޭންކު ގާއިމު ކުރެއްވުމާއި އެކު އެންމެނަށް ވެސް ހަމަހަމަކަމާއި އެކު ފުރުސަތު ލިބޭ އިގްތިސާދެއް ބިނާކުރުމަށް ގެންގުޅުއްވާ ސިޔާސަތާއި ހުރިހާ ދިވެހިންނަށް ގެދޮރުވެރިކަން ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރުމަކީ ވެސް ލިބިގެން އިތުބާރެއްކަމަށެވެ.

ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުން އީޖާދީ ވިސްނުންތަކާއި، އުފެއްދުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ އައު ސިނާއަތްތައް ތައާރަފު ކުރައްވާނެކަމަށާއި ރައީސްގެ ތަގުރީރުގައި ދުނިޔޭގެ ހާލަތަށް އަލިއަޅުއްވާލައްވައި  2015 ވަނަ އަހަރު އެކުލަވާލި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމުގައި ދުނިޔެ ނާކާމިޔާބުވަމުންދާކަން، ފާހަގަކުރައްވަމުން އެގޮތުގައި ހުސް ވައުދުތަކެއްވުމުގެ މަތީގައި ދެމިތިބެވެން ނެތްކަމަށް ހަމަކުރައްވައި އަމަލީ ގޮތުން ނަތީޖާ ނެރުމަށް މުޅި ދުނިޔެއަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިކަން ބަޔާނުގައި ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ބަޔާނުގައިވަނީ ރައީސް މުއިއްޒުގެ ތަގުރީރާއި މެދު އެ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުން ފަޚްރުވެރިކަމާއި އެކުކަމަށާއި، އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ނަމުގައި، އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު