16 ޖަނަވަރީ 2025

ރާއްޖެ ކުޑަޔަސް، ދިވެހީންގެ އަޑު މަޑުނުވާނެކަން ރައީސް މުއިއްޒު ސާބިތު ކޮށްދެއްވައިފި: މަޖިލިސް ރައީސް

ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިންގެ އަޑު މަޑުނޫންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވާފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރު ކުރެއްވުމާ ގުޅިގެން އެކަމަށް ޢިޝާރާތްކުރައްވައި، އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ އާބާދީ ކުޑަ ނަމަވެސް، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިންގެ އަޑު ގަދަފަދަކަން ދުނިޔޭގެ އެންމެ މަތިވެރި މަންޞަގައި ހުންނަވައިގެން "ދިވެހިރާއްޖޭގެ ރައީސް" ވަނީ ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ސިޔާސިޔާސަތުތަކާއި، މުސްތަޤްބަލަށް ކުރައްވާ އުންމީދުތަކާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި، މިއަދުގެ ދުނިޔެ ކުރިމަތިލާންޖެހިފައިވާ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، ޙުއްޖަތާއި ދަލީލުތައް ރައީސް ވަނީ ހުށަހަޅުއްވާފައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއްގައި ރައީސް ވަނީ ދިވެހިން ފަޚުރުވެރިކުރުވާފައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގައި ރައީސް ދެއްވި ތަޤްރީރުގައި، އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ކުރިމަގާ ގުޅޭގޮތުން ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރާ ހަމައަށް އަންނައިރު ދިވެހިރާއްޖެއަކީ، ހުރިހާ ރޮނގަކުން ފުރިހަމައަށް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ފަންތީގައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިއުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަން ފާހަގަކުރައްވާފައެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު