16 ޖަނަވަރީ 2025

ހުޅުމާލޭގެ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި ފަންނުވެރިންނަށް

ހުޅުމާލޭގެ މަގުތައް ޒީނަތްތެރި ކުރުމަށް، ހުޅުމާލޭގެ 17 ސަރަހައްދެއްގައި ބަހައްޓާމޮނިއުމަންޓްތައް ޑިޒައިންކުރުމުގެ ފުރުސަތު، ދިވެހި އާޓިސްޓުންނާއި، ޑިޒައިނަރުންއަދި އާކިޓެކްޓުންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި، މި މުބާރާތުގެ މަގްސަދަކީ، ދިވެހި ފަންނުވެރިންގެ ބައިވެރިވުމާއެކު، "ދިވެހިންގެރާއްޖެ" ތީމްއާ ގުޅޭ ގޮތަށް، ރާއްޖޭގެ ސަގާފަތާއި، އިސްލާމީ ތާރީހު އަދި ދިވެހިންގެ އާދަކާދަ ރަމްޒުކޮށްދޭ ބިނާތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމެވެ.

އެގޮތުން، ޕްރޮފެޝަނަލް އާޓިސްޓުންނާއި، ޑިޒައިނަރުން އަދި އާކިޓެކްޓުންގެ އިތުރުންއެ ދާއިރާތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި ވަކިވަކި ފަރުދުންނަށް ނުވަތަ 5 މީހުންގެ ގްރޫޕަކުންވެސް ޑިޒައިންތައް ހުށަހެޅިދާނެއެވެ. އަދި ޑިޒައިން ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރިފައިވާ ފަރާތަކަށް ވާންވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެ ކޯޕަރޭޝަނަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، އެންމެ ފުރިހަމަ ޑިޒައިން ހުށަހަޅާ ފަރާތަކަށް އެއްލައްކަ ރުފިޔާގެ (100،000ރ.) ފައިސާގެ އިނާމެއް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 30، 2024 ގެ 15:00 އެވެ. ޑިޒައިންތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށް ކަމަށާއި، މުބާރާތާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އަދި އީމެއިލް މެދުވެރިކޮށް ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.

ހަބަރާ ގުޅޭ ލިންކު:

Hulhumalé Monuments Design Competition — HDC HDC

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު