ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް މި މިނިސްޓްރީއިން މުހިންމު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެގޮތަށް ހެދުމާއި، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނެއެވެ.
މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެއެވެ. އަދި މި ބަދަލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ.
މި އައު ބަދަލުތަކާއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އަދި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިންޝުއަރެންސް ކަވަރަވަރޭޖުގެ މިންވަރު އިތުރުވެގެންދާނެ ކަމަށާއި، މި ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.