16 ޖަނަވަރީ 2025
ކޮޅުފުށީގައި މި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2019

ކޮޅުފުށީގެ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ނޮވެންބަރުމަހު ނިމޭނެ: ހައުސިންގ މިނިސްޓްރީ

މ. ކޮޅުފުށީގައި ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ނޮވެންބަރުމަހު ނިމޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށަފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އާރުސީސީއާއެވެ. މަސައްކަތުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ.

އެހެންނަމަވެސް އެކި ސަބަބާހުރެ މަސައްކަތް ވަނީ ލަސްވެފައެވެ. ކޮޅުފުށީގައި މި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް މަސައްކަތް ފުރަތަމަ ފަށާފައިވަނީ 2019އެވެ. އެފަހަރު، ކޮންޓްރެކްޓަކަރާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފެށިނަމަވެސް، ކޯވިޑު-19އާ ގުޅިގެން މަސައްކަތް ވަނީ ހުއްޓިފައެވެ. އެއަށްފަހު މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ.

މި 100 ހައުސިންގ ޔުނިޓަކީ މުޅިން ވެސް 3 ކޮޓަރީގެ ޔުނިޓްތަކެކެވެ. ކޮންމެ ހައުސިންގ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީންރޫމް، ބަދިގެ އަދި ލޯންޑްރީއާއި ސްޓޯ ރޫމެއް ހުންނާނެއެވެ.

ކޮޅުފުށްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށެކެވެ. ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި ރަށުގައިވަނީ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުތަކެއް މީގެ ކުރިންވެސް ހިންގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު