ތާވަލާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވައި އެއްވެސް މުވައްޒަފެއްގެ އަދި ބޯޑު މެންބަރެއްގެ ފުލެޓެއްވެސް އަތުލާފައި ނުވާ ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.
ބައެއް މުވައްޒަފުންނަށް ދޫކޮށްފައިވާ ފްލެޓްތައް އަތުލަމުންދާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ، ބަރާބަރަށް އެޗްޑީސީ އަށް ފައިސާ ނުދައްކާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ ފްލެޓްތައް އަތުނުލާ ކަމަށެވެ. އަދި ތާވަލާއެއްގޮތަށް ފައިސާ ދައްކާ ޚަލާސްކޮށްފައިވާ ބޯޑު މެންބަރެއްގެ ފުލެޓްވެސް އަތުނުލާ ކަމަށް ވިދާޅުވިއެވެ.
"2023 ވަނަ އަހަރު އެޗް.ޑީ.ސީގެ މުވައްޒަފުން އަދި ބޯޑު މެންބަރުންނަށް ވިއްކަން ހުޅުވާލި ފުރުސަތުގައި, ފުލެޓު ގަތުމުގެ ފުރުސަތު ކާމިޔާބުކޮށްފައިވާ މުވައްޒަފުންގެ ތެރެއިން, ތާވަލާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކޮށްފައިވައި އެއްވެސް މުވައްޒަފެއްގެ ފުލެޓް އަތުލާފައެއް ނުވޭ. އަދި, އެއްވެސް ބޯޑު މެންބަރެއްގެ ފުލެޓެއްވެސް އަތުލާފައެއް ނުވޭ." އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން، ޙަސަން ޝަހީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރު އެޗް.ޑީ.ސީގެ މުވައްޒަފުން އަދި ބޯޑު މެންބަރުންނަށް ވިއްކަން ހުޅުވާލި ފުރުސަތުގައި, ފުލެޓު ގަތުމުގެ ފުރުސަތު ކާމިޔާބުކޮށްފައިވަ މުވައްޒަފުންގެ ތެރެއިން, ތާވަލާއި އެއްގޮތަށް ފައިސާ ދައްކާ ހަލާސްކޮށްފައިވައި އެއްވެސް މުވައްޒަފެއްގެ ފުލެޓް އަތުލާފައެއް ނުވޭ. އަދި,… https://t.co/Y4txTUpttA
— Sanchez (@hassanshahydh) September 25, 2024
އެޗްޑީސީގެ ކުރީގެ މެނޭޖްމެންޓުން ވަނީ، އެ ކުންފުނީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ގޮތަށް، ގިނަ މުވައްޒަފުންތަކަށް ފްލެޓް ދީފައެވެ. އޭގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި، އެޗްޑީސީން ނިންމާފައި ވަނީ އެއްބަސްވުމުގައި ބުނާ ތާރީޚަށް ވުރެ ފަހުން ފްލެޓްތަކަށް ދެއްކި ފައިސާ ތިން މަހަށް ބަހާލައިގެން އަނބުރާ ދޫކުރާ ގޮތަށެވެ.
މިދިޔަ އަހަރުގެ ކުރީ ކޮޅު އެޗްޑީސީން އެ ކުންފުނީގެ ބޯޑު މެންބަރުންނާއި އެހެން ވެސް ބައެއް އިސްވެރިން ހިމެނޭ ގޮތަށް 34 މުވައްޒަފަކަށް ފްލެޓް ދޭން ނިންމުމުން، ސޯޝަލް މީޑިޔާގައި ވަނީ ބައެއް ފަރާތްތަކުން އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެކަމަކު، އޭރު އެޗްޑީސީން އެކަން ދޮގުކުރިއެވެ.
މިކަމުގައި އޭރު އެޗްޑީސީން އޭރު ވިދާޅުވެފައިވަނީ، އެ 34 ފްލެޓަކީ "ސްޓާފް ހައުސިން ސްކީމް" ގެ ދަށުން "އެންޑް ޔޫސާ ފައިނޭންސް މޮޑެލް"ގެ ދަށުން ވިއްކުމަށް ހުޅުވާލި ފްލެޓްތަކުގެ ތެރެއިން ނުވިކި ބާކީ ހުރި ފްލެޓްތައް ކަމަށެވެ. އަދި އެޗްޑީސީގެ މުވައްޒަފުންނަށް ހުޅުވައިލި އެ ފުރުސަތުގައި އެ ކުންފުނީގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރިމަތިލެވޭ ގޮތް ހަދައި، ބައެއް ބޭފުޅުންނަށް ފްލެޓް ދީފައިވެއެވެ.