އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އަލްޙާފިޡާ ޢާއިޝަތު ޒީކު ރިޔާޟްއާއި އެދަރިވަރުގެ މައިންބަފައިންނާއި ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ޢާއިޝަތު ޒީކު ޤުރުއާން ހިތުދަސްކުރައްވާ ހޯދެއްވި ފާހަގަކޮށްލެވޭ ކާމިޔާބީއަށް ތަޙުނިޔާ ދަންނަވާ ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިއްވަރު ދެއްވާފައެވެ.
އުމުރުން 14 އަހަރުގެ ޢާއިޝަތު ޒީކު ރިޔާޟް ވަނީ 31 ދުވަހުގެ ތެރޭގައި ހިތުން މުޅި ޤުރުއާން ކިޔައިދީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވެފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޤުރުއާން ހިތުދަސްކޮށް، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި އުމުރުން 14 އަހަރުގެ ޢާއިޝަތު ޒީކު ރިޔާޟް އާއި އެދަރިވަރުގެ މައިންބަފައިންނާއި ބައްދަލުކުރައްވައިފައެވެ. pic.twitter.com/dEhnP2SLrc
— Ministry of Islamic Affairs (@MVIaffairs) September 24, 2024