16 ޖަނަވަރީ 2025
ފުލުހުންގެ މައި އިދާރާ، ފޮޓޯ: ފިޔަ

ރައީސުލްޖުމްހޫރިއްޔާއަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްުޒަށް މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނެއްގައި ވަނީ "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި، ސޯޝަލް މީޑިއާގައި ރައީސުލްޖުމުހޫރިއްޔާއަށް މަރުގެ އިންޒާރު މީހަކު ދީފައިވާ މީހެއްގެ މައްސަލަ ސީރިރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ އިންޒާރު ދީފައިވަނީ މީސްމީޑިއާގައި އެމަނިކުފާނު ކޮށްފައިވާ ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.

ފުލުހުން ވިދާޅުވީ، މިފަދަ މައްސަލަތަކަކީ އަބަދުވެސް ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު