މާމުއިއަކީ އާންމު ގޮތެއްގައިވެސް ކަންމަތީ ފިހާރަތަކުން ލިބެން ހުންނަ އެއްޗެކެވެ. ނުވަތަ ގޭގެ ބަދިގެއިން ފަސޭހަކަމާއި އެކު ލިބެން ހުނަ އެއްޗެއް ކަމަށްވެސް ބުނެވިދާނެއެވެ. ކެއުމުގައި ވެސް އަދި ކެއްކުމުގައިވެސް މަމުއި ބޭނުންކުރެއެވެ. މާމުއިއަކީ ވަރަށް ފައިދާ ބޮޑު އެއްޗެކެވެ. މީގެ އިތުރުން މީ ގިނަ ބަލިތަކަށް ވެސް ފަރުވާ ލިބޭ އެއްޗެކެވެ.
މާމުއިން ހަމުގެ ބައްޔެއް ކަމުގައިވާ އެކްޒިމާ މެނޭޖްކުރުމަށް އެހީވެދެއެވެ. އެކްޒިމާ އަކީ ހަމުގެ ބައްޔެކެވެ. އެކަމުގެ ސަބަބުން ހަން ރަތްވެ، ހަމުގައި ރިއްސައި އަދި ހަންގަނޑު ފަޅައިގެން ދެއެވެ. ގިނަ ފަހަރަށް ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނަށް މި ބަލި ޖެހެއެވެ. މި ކަމުގެ ސަބަބުން ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރުމަށާއި މި ކަމުން ސަލާމަތް ވުމަށް މާމުއި ބޭނުންކުރެވިދާނެއެވެ.
އެކްޒިމާ އަށް ފަރުވާ ކުރުމުގެ ގޮތުން މާމުއި އާއި ފިނިކޮށް ހުންނަ ޒައިތޫނި ތެޔޮ މިކްސްކޮށްގެން ވޭނުގައި ތިބޭ މީހުންނަށް ފަރުވާ ދެވޭނެއެވެ. އަދި މި ދެ އެތި ރަނގަޅަށް މިކްސް ކޮށްގެން ހަންގަނޑުގައި އެޅިދާނެއެވެ. އަދި މިކަމުގެ ސަބަބުން ލުއިކަން ލިބެއެވެ.
ވައި ތަޣައްޔަރުވުމާއި ކުނީގެ މިންވަރު އިތުރުވުމަކީ ގިނަ ބަޔަކަށް ސައިނަސްއާ ގުޅުންހުރި މައްސަލަތައް ދިމާވާ ސަބަބެކެވެ. އިންފެކްޝަނެއް ޖެހުމަށް މަގުފަހިވާ ވައިރަސްތަކުގެ ސަބަބުން އަހަރެމެންގެ ސައިނަސް ބަންދުވެ، ވައި އާއި މިއުކަސް ތާށިވެ، ނުތަނަވަސްކަން އުފެދެ އެވެ. ސައިނަސް އަކީ ފަސޭހައިން ފިލުވާލުމަށް އުދަނގޫ ބައްޔެކެވެ. އަދި މި ބައްޔަކީ ވަރަށް ގިނަ ފަހަރު އެލާޖީގެ ސަބަބުން ދިމާވާ ބައްޔެއް ވެސްމެއެވެ. އަދި ބަލީގެ ސަބަބުން ވަރަށް އުދަގޫ ވާކަމެއްވެސް މެއެވެ.
ގުދުރަތީ ގޮތުން މާމުއިގައި ހިމެނޭ އެންޓިބެކްޓީރިއަލް އަދި އެންޓިސެޕްޓިކް ސިފަތަކުގެ ސަބަބުން އިންފެކްޝަންތައް ސާފުކޮށް، އިންފްލެމޭޝަން ކުޑަކޮށްދެއެވެ. މާމުއިއަކީ ކަރުތެރެ ފިނިކޮށްދީ، ކެއްސުން މަދުކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށް، ސައިނަސް މަދުކޮށްދޭ އެއްޗެކެވެ. ހޫނު ފެނާއި އެއްކޮށްގެން މާމުއި ބޭނުން ކުރުމުން މިފަދަ ބަލިތަކަށް ޝިފާލިބިގެންދެއެވެ.
މާމުގައި އެންޓިބެކްޓީރިއަލް އަދި އިންފެކްޝަން-ކިއުރިން ގުނަވަންތަކުގެ ސަބަބުން ޒަހަމްތަކަށް ފަރުވާ ލިބި، ރަނގަޅުވުން އަވަސްކޮށްދެއެވެ. ޖިންޖިވައިޓިސް ފަދަ ގަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް މާމުއި ބޭނުން ކުރެވިދާނެއެވެ. މާމުއިގައި އެކުލެވޭ އެންޓި-މައިކްރޯބިއަލް އެޖެންޓްގެ އެހީގައި ބެކްޓީރިއާ އުފެދުން ހުއްޓުވައި، ހިރުގަނޑުގައި އުފެދޭ އުދަގޫތަކަށް ލުޔެއް ހޯދައިދީ، ވޭނަށް ލުޔެއް ހޯދައިދޭ އެއްޗެކެވެ.
މާމުއަކީ ޑައިޓް ކުރާ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ބަރުދަން ލުއި ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ އެއްޗެކެވެ. މިއީ ހަކުރު ގެ ބަދަލުގައި ކެއުމުގައި ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެއް ވެސްމެއެވެ. ނަމަވެސް މާމުއި ގަތުމުގެ ކުރިން އެއީ އެންމެ ތާޒާ އަދި އެއްވެސް އެއްޗަކާއި އެއް ކޮށްފައިވާ އެއްޗެއްތޯ ބަލަންވާނެއެވެ.