ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ރޭ ފަތިހު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަހަމްތަކަކާއެކު އޮތް އެފްކޮންސް ވިލިމާލެ ސައިޓުގައި އޮތް މީހަކު ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ތަނަށް ގެންދިޔައިރު ވެސް އެ ފިރިހެން މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ބެލި ބެލުމުން އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ބުންޏަސް، އެ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތަކެއް އަދި ސާފެއްނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.