އިގްތިޞާދީ ވުޒާރާގެ އޮފިޝަލުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ މަންދޫބުންނާ ބައްދަލުކުރައްވައި ފިންޓެކް ދާއިރާގެ ފަހުގެ ކުރިއެރުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އިނޮވޭޓިވް ހައްލުތަކާއި ފުރުސަތުތައް ހޯދުމާއި ރާއްޖޭގެ ފިންޓެކް ލޭންޑްސްކޭޕް ހަރުދަނާކުރުމުގެ މައްޗަށެވެ.
މި ބައްދަލުވުމަކީ ރާއްޖޭގައި ޑިޖިޓަލް ފައިނޭންޝަލްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.