އެފްއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ޖައުޝަން، ފައިލް ފޮޓޯ: މިހާރު

ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމަށް އާ ޖެނެރަލް ސެކްރެޓަރީއަކު ހޯދަން މަސައްކަތްކުރަނީ

ޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އާ ޖެނެރަލް ސެކްރެޓަރީއަކު ހޯދުމުގެ މަސައްކަތް، އެ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީން ފަށައިފިއެވެ.

އެސޯސިއޭޝަން ޖީއެސްގެ މަޤާމު މިހާރު ފުރުއްވަމުން ދަނީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އޭނާ އައްޔަންކޮށްފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

އެނގިފައިވާ ގޮތުގައި، ނޯމަލައިޒޭޝަން ކޮމިޓީން މިވަގުތު އަންނަނީ ފީފާގެ ލަފާގެ މަތިން، އާއްމުކޮށް ހުޅުވާލައިގެން ޖެނެރަލް ސެކްރެޓަރީއަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

ޖައުޝަން އޭރު ވިދާޅުވެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ފެށުމުންވެސް އިސްތިއުފާ ނުދެއްވައި މަޑުކުރެއްވީ ފީފާއިންނާއި ނޯމަލައިޒޭޝަން ކޮމިޓީގެ އެދުމުގެ މަތިން ކަމަށެވެ.

ޖައުޝަން މަޤާމުގައި ބެހެއްޓުމުން ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަނީލޯންޑަރިންގެ ތުހުމަތުގައިވާ ބައްސާމުގެ ދައުރުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން އެންމެ ގިނަ ދުވަހު ފުރުއްވީ ހުސެއިން ޖަވާޒެވެ. ނަމަވެސް، ބައްސާމާ ދެކޮޅަށް ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ތުހުމަތުކުރެވުމާ އެކު، އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު އިސްތިއުފާ ދެއްވާފައެވެ. ޖަވާ މިވަގުތު ހުންނެވީ ޔޫތު މިނިސްޓަރުގެ ނާއިބަކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު