29 އެޕްރީލް 2025
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ތާޖްމަހަލަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ. ރައީސްގެ ދެކަނބަލުން ތާޖްމަހަލަށް ޒިޔާރަތް ކުރައްވާފައިވަނީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހެނދުނެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ އިތުރު ސިޓީތަކަށްވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

 

ތާޖް މަހަލަކީ އިންޑިއާގެ އާގްރާގައި 17 ވަނަ ޤަރުނުގައި އިމާރާތް ކުރި ބިނާއެކެވެ. މި ބިނާއަކީ މަޝްހޫރު މޫގަލް އެމްޕެރަރ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒްގެ ހަނދާނުގައި ބިނާ ކުރެއްވި ގަނޑުވަރެކެވެ. އދ ގެ ޔުނެސްކޯއިން ވަނީ ތާޖް މަހަލްއަކީ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައިވެސް ކަނޑައަޅާފައެވެ.

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖް މަހަލަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޤްބޫލު މަންޒިލެކެވެ. ޚާއްސަކޮށް، ޗުއްޓީ ބަންދުގައި ތާޖް މަހަލަށް ގިނަ އަދަދަކަށް ދިވެހިންވެސް ޒިޔާރަތް ކުރެއެވެ. މިތަނަކީ ފަތުރުވެރިންނާއި ދުނިޔޭގެ އެކި މީހުންގެ މެދުގައި މަޤުބޫލު ބިނާއެކެވެ. މި ބިނާއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ނިއުދިއްލާއަށް ވަޑައިގަންނަވާ ހުރިހާ ލީޑަރުންނަށްވެސް އިންޑިއާ ސަރުކާރުން ދެއްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު