22 އެޕްރީލް 2025
ކްރިއޭޓިކް އިކޮނޮމީ ފަންޑް އިފްތިތާޙް ކުރުމުގެ ޙަފްލާގައި، ފޮޓޯ: ބީސީސީ

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިއޭޓިވް އިކޮނޮމީ ފަންޑު ހުޅުވާލައިފި

ފަންނުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ކްރިއޭޓިވް އިކޮނޮމީ ފަންޑުން އެހީ ހޯދުމަށް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި، މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުންފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެކެވެ. މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުންނެވެ.

މި ފަންޑަށް ކުރިމަތިލުމުގެ ހުޅުވާލާފައިވާއިރު 4 ދާއިރާއަކުން އެހީ ދޭނެއެވެ. އެއީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުމުގެ ދާއިރާއިންނެވެ.

މި ފަންޑުގެ ތެރެއިން 50،000ރ. އިން ފެށިގެން 300،000ރ. އާއި ހަމައަށް އެހީ ދޭނެ ކަަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ފަންޑަށް ކުރިމަތިލާ ކޮންމެ ފަރާތަކީވެސް ކުދި ވިޔަފަރީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތެކަށް ވާން ޖެހޭ ކަމަށާއި، ރެޖިސްޓްރީ ނުކޮށް ހިންގާ ނަމަ، ބީސީސީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބީސީސީއިން ވިދާޅުވިއެވެ.

ބީސީސީން ވިދާޅުވީ، ވަކިވަކި ޕްރޮޖެކްޓުތަކަށް އެހީވެވޭ ގޮތަށް ހުޅުވާލާ ފަންޑުގެ އެހީތެރިކަން ފޯރުކޮށްދޭނީ އެހީއަށް އެދޭ ތަރުތީބުން ކަމަށާއި، މީގެއިތުރުން ފަންޑުގެ އެހީތެރިކަން ފަނޑަށް އެއިރަކު ކަނޑައެޅިފައިވާ އަދަދަކަށް ރިޢާޔަތްކޮށް އަބަދުވެސް ލިބޭނެކަމަށެވެ.

ބީސީސީން ވިދާޅުވީ މި ފަންޑުގެ އެހީއަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް އެކަމަށް ހާއްސަ ފަންޑު ކޮމެޓީއެއް މިހާރު ޤާއިމްކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު