12 ފެބުރުވަރީ 2025

"ގެއްލުނު ރޭ" މިރޭ އޮލިމްޕަހަށް

މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އަމިއްލަ ފިލްމް "ގެއްލުނު ރޭ" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

ކޮކޯ ހަލީމްގެ ޕްރޮޑަކްޝަން ކޮކޯ ސްޓޫޑިއޯއިން ނެރޭ ފުރަތަމަ ފިލްމް "ގެއްލުނު ރޭ" އޮލިމްޕަހުގައި މިރޭ އެޅުވުމަށް ވަނީ ރައްޔާރީތައްވެ ނިމިފައިއެވެ. މިއީ ކޮކޯ ހަސަން ކެމެރާ ކުރުމުން ދުރުވެ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

އޭނަގެ ދަރިފުޅު އަދި ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރިޝްތާ ކިޔާ މީހެއްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ. ޖި ފިލްމް އަކީ ބިރުވެރި ފިލްމް ތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ފިލްމް އަކަށް ވާނެއެވެ.

"ގެއްލުނު ރޭ" ގެ ކާސްޓްގައި މުހައްމަދު މަނިކު، އައިމިނަތު ޝުހާ، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް ޝިފާ، މަރިޔަމް ހަލީމް އަދި އަލަށް ތައާރަފުކުރާ ކުޑަކުއްޖެއް ކަމަށްވާ ކައުސަރު ހިމެނެ އެވެ. "ގެއްލުނު ރޭ" މި އަހަރު އޮލިމްޕަހަށް ގެންނަ 11 ވަނަ ފިލްމެވެ. އެންމެ ފަހުން އެތަނުގައި ދެއްކީ މި މަހުގެ 7 ގައި ޕްރީމިއާކުރި ޑާކް ރެއިން އެންޓަޓައިންމަންޓްގެ ހޮރޯ-ކޮމެޑީ "ބިބީ" އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު