މެޑަމެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނުން ކުރިއަށްގެންދާ "މޯރ ދޭން އަ މަދަރ" ކެމްޕެއިން ހަރަކާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވެފައިވަނީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ޚައްސާސް ކަމެއް ކަމަށާއި، މިއާއެކުގައިވެސް އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ.
މީގެ އިތުރުން، އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް މެޑަމް ސާޖިދާ އަލިއަޅުއްވާލައްވާފައިވެއެވެ.
މި ބައްދަލުވުމަކީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ 2024ގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޞިއްޙީ ޚިދުމަތާއި އިޖްތިމާޢީ ހަމަހަމަކަން ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ