"ލަވް އެންޑް ވޯ" ގެ ޝޫޓިން ނޮވެމްބަރު ގައި

ކުރިން އޮކްޓޯބަރ މަހުގައި ފަށާގޮތަށް އޮތް "ލަވް އެންޑް ވޯ" ގެ ޝޫޓިން ނޮވެމްބަރު ގައި ފަށާގޮތަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެެ.

މި  ފިލްމުގެ ކާސްޓުގައި ހިމެނެނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކުޅަދާނަ އެކްޓަރު ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް އެވެ. ވިކީ އަކީ ރަންބީރު ގެ ކުރީގެ ލޯބިވެރިއާ ބަތަލާ ކެޓްރީނާ ކައިފް ގެ ފިރިމީހާއެެވެ. ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުން ދުވަސްވަރު އާލިއާ އަކީ ކެޓްރީނާގެ ބެސްޓްފްރެންޑްއެވެ.

މި ތިން ތަރިންނަކީވެސް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ތިން ތަރިންނެވެ. އަނެއްކޮޅުން މި ފިލްމް ގެ ޑައިރެކްޓަރަކީ މަޝްހޫރު ފިލްމް ތަކެއް ޑައިރެކްޓް ކޮށްފައިވާ ބޮލީވުޑްގެ ނަންބަރު ވަން ޑައިރެކްޓަރުގެ ގޮތުގައި މަޝްހޫރު ސަންޖޭ ލީލާ ބަންސާލީއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

 

މި ފިލްމު ވާނީ ބަންސާލީއާ އެކީ ވިކީ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އަދި އާލިއާ އާއި ރަންބީރާ އެކީ ކާމިޔާބު ޑައިރެކްޓަރު ހަދާ ދެވަނަ ފިލްމަށެވެ. ބަންސާލީ އަކީ ރަންބީރު ބޮލީވުޑްއަށް ތައާރަފް ވި ފިލްމް  2007 ގެ "ސާވަރިއާ" ގެ ޑައިރެކްޓަރެވެ. އާލިއާ އާއި އެކުގައި ބަންސާލީ ވަނީ 2022 ވަނަ އަހަރުގެ ކާމިޔާބު ފިލްމް "ގަންގޫބައި ކަތިއަވަޅީ" ގައި މަސައްކަތް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ބަންސާލީ ކުރިން ގެނެސްދިން ލޯބީގެ ފިލްމުތަކާ ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭނެ "ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް 20، 2026 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު