12 ފެބުރުވަރީ 2025
ހުޅުމާލޭގައި ޤާއިމުކުރި ކެޓް ޝެލްޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ރައީސް އޮފީސް

މި ދައުރުގެ ތެރޭގައި 120 އަށްވުރެ ގިނަ ކައުންސިލް އިދާރާ އިމާރާތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މި ދައުރުގެ ތެރޭގައި 120 އަށްވުރެ ގިނަ ކައުންސިލް އިދާރާ އިމާރާތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭގައި ޤާއިމުކުރި ކެޓް ޝެލްޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި ދައުރުގެ ތެރޭގައި 120 އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިދާރާ އިމާރާތްކޮށްދެއްވާނެ ކަމަށެވެ. އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ދަތިތަކާ ބެހޭ މަޢުލޫމާތު ހޯއްދަވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، 160 އަށް ވުރެ ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ކައުންސިލްތަކުގެ ބޭނުންތައް ދެނެގަނެ، ކަމާބެހޭ ވުޒާރާތަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނާ ގާތުން މަސައްކަތްކުރެވިފައިވާ ކަމަށާއި، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ފަޅުރަށްތައް ދޫކުރުމާއި، ލޯކަލް ޓުއަރިޒަމްގެ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.

އަދި ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް ބަޖެޓުގެ %5 ދެވޭނެ ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާ އިތުރު ޒިންމާތައް ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު